ޖަޕާނު ސަރުކާރުން ޚަރަދުކުރާ، ޖޭޑީއެސް ސްކޮލާޝިޕަށް ކުރިމަތިލުމަށް ހުޅުވާލައިފި
ޖަޕާނުގެ ހިއުމަން ރިސޯސް ޑިވެލޮޕްމެންޓް ސްކޮލާޝިޕް (ޖޭޑީއެސް)އަށް ކުރިމަތިލުމަށް ދިވެހީންނަށް ފުރުސަތު ހުޅުވާލައިފިއެވެ. ޖަޕާނުގައި 2020 ވަނަ އަހަރު ރާއްޖޭގައި އިފުތިތާހުކުރި ޖޭޑީއެސް ސްކޮލާޝިޕްގެ މަގުސަދަކީ އެ ގައުމުން އެހީ ދޭ ގައުމުތަކުގައި، ހިއުމަން ރިސޯސް ދާއިރާއިން މީހުން ތަމްރީނު ކުރުމުގައި އެހީތެރިވުމެވެ. އެއީ، ޖަޕާން ސަރުކާރުން ހުރިހާ ޚަރަދެއް ކުރާ ސްކޮލާޝިޕްތަކެކެވެ. ޖޭޑީއެސް ސްކޮލާޝިޕް މިހާތަނަށް 27 ދިވެހީންނަށް ދީފައިވެއެވެ. އެ ސްކޮލާޝިޕްގެ ދަށުން ދެ އަހަރު ދުވަހުގެ މާސްޓާސް ޑިގްރީ ޕްރޮގްރާމެއް ފުރިހަމަ ކުރުމަށް…









