މާލޭގެ މަގުތަކުގައި ހުރި ކުނިތައް ސިޓީ ކައުންސިލުން ނަގަން ފަށައިފި
މާލޭގެ މަގުތަކުގައި ހުރި ކުނިތައް ސިޓީ ކައުންސިލުން ނަގަން ފަށައިފިއެވެ. މާލޭގެ މަގުތަކުގައި ކުނިތައް ގިނަ ވެފައިވަނީ ވޭސްޓް މެނެޖްމަންޓް ކޯޕަރޭޝަން ވެމްކޯއިން ކުނި ނެގުމުގެ މަސައްކަތް ކުރިޔައް ނުގެންދިއުމުގެ ސަބަބުންނެވެ. މާލެ ސިޓީ ކައުންސިލުން ބުނީ މާލޭގެ މަގު މައްޗަށް ގިނަ އަދަދަކަށް ކުނި ޖަމާވެ، އޭގެ އުނދަގޫ ރައްޔިތުންނަށް ފޯރަމުންދާތީވެ މާލެ ސިޓީ ކައުންސިލުން މިހާރު ވަނީ މަގުމަތިން ކުނިނަގައި ސާފުކުރަން ފަށައިފަ ކަމަށެވެ. މާލެ ސިޓީގެ މޭޔަރު ޑރ މުއިއްޒު ކުރެއްވި ޓުވީޓެއްގައި…