ރަސްމީ ދަތުރުފުޅެއްގައި މިނިސްޓަރު ޒަމީރު މާދަމާ އިންޑިއާއަށް
ފޮރިން މިނިސްޓަރު މޫސާ ޒަމީރު ރަސްމީ ދަތުރުފުޅެއްގައި މާދަމާ އިންޑިއާއަށް ވަޑައިގެންނެވުމަށް ހަމަޖެހިފައިވާކަމަށް ފޮރިން މިނިސްޓްރީން ބުނެފި އެވެ. މި ދަތުރުފުޅަކީ މާދަމާ އިން ފެށިގެން މިމަހުގެ 10 ގެ ނިޔަލަށް ކުރިއަށް ދާ ދަތުރުފުޅެއްކަމަށް ފޮރިން މިނިސްޓްރީން ވަނީ ބުނެފަ އެވެ. މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މި ދަތުރުފުޅުގައި މިނިސްޓަރު ޒަމީރު އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުބްރަމާނިއަމް ޖައިޝަންކަރާއި ބައްދަލުކުރައްވާނެ ކަމަށެވެ. އަދި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާ…