ވީއައިއޭގެ ޑޮމެސްޓިކް ޓަރމިނަލްގެ އޮޕަރޭޝަންސް ޓަރމިނަލް 2 އަށް ބަދަލުކޮށްފި
ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ ޑޮމެސްޓިކް އޮޕަރޭޝަންތައް، ކުރީގެ އިންޓަރނޭޝަނަލް ޓާމިނަލް (ޓާމިނަލް 2) އަށް ރަސްމީކޮށް ބަދަލުކޮށްފިއެވެ. މި ބަދަލާ ގުޅިގެން ބޭއްވި ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފެވެ. މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ހާމަކުރި ގޮތުގައި، ޓާމިނަލް 2 އަށް އޮޕަރޭޝަންތައް ބަދަލުކުރީ ޒަމާނީ ބޮޑެތި ބަދަލުތަކަކާއެކުގައެވެ. މި މަސައްކަތަކީ އެ ކުންފުނީގެ އެކި ދާއިރާތަކުގެ މުވައްޒަފުންގެ ބައިވެރިވުމާއެކު ކުރިއަށް ގެންގޮސްފައިވާ މަޝްރޫއެކެވެ.…









