އަންނަ މަހުގެ 5 ގައި ސަރުކާރު ބަންދު
އަންނަ މަހު 5 އަކީ ސަަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސައިފި އެވެ. ރައީސް އޮފީހުން ބުނީ އެ ދުވަސް ބަންދު ކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒި ނިންމެވީ ގައުމީ ދުވަހުގެ މުނާސަބަތާ ގުޅިގެން ކަމަށެވެ. ގައުމީ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ރަބީއުލްއައްވަލު މަހުގެ 1 އެވެ. ރާއްޖޭގައި ގައުމީ ދުވަސް ފާހަގަކުރަމުން އަންނަނީ، އައްސުލްތާން ޣާޒީ މުޙައްމަދު ތަކުރުފާނުލް އައުޒަމް ސިރީ ސަވާދީއްތަ މަހާރަދުން، ޕޯޗުގީޒުންގެ އަޅުވެތިކަމުން ދިވެހިރާއްޖެ ސަލާމަތް ކޮށްދެއްވުމުގެ ޒިކުރާ އައުކުރުމުގެ…