ފޯނެއް ވަގަށް ނަގާފައިވާ މައްސަލައެއްގައި މީހަކު ހޯދަނީ
މާފަންނު ޕޮލިސް ސްޓޭޝަނުން ތަހުގީގުކުރަމުންދާ، މ. މާޔާގެ ކުރިމަތީގައި ޕާކްކޮޮށްފައިހުރި ސައިކަލެއްގެ ޕޮކެޓުގައި އޮތް މޯބައިލް ފޯނެއް ވަގަށް ނެގި މީހަކު ހޯދަން ފުލުހުން ވީޑިއޯ އާންމު ކޮށްފި އެވެ. ފުލުހުން ބުނެފައިވަނީ އެމީހާއަކީ ކާކުކަން އަދި ދެނެގަނެވިފައިނުވާ ކަމުގައެވެ. https://twitter.com/PoliceMv/status/1754032239476973898 ވީޑިއޯއިން ފެންނަ މީހާ އާބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ އެމަޢުލޫމާތެއް މާފަންނު ޕޮލިސް ސްޓޭޝަންގެ ނަންބަރު 9660183 އަށް ގުޅައި ހިއްސާކުރެއްވުން އެދޭކަމަށް ފުލުހުން ބުނެފައި ވެއެވެ.