ބީއެމްއެލްގެ އިސްލާމިކް ބޭންކިން ޑިރެކްޓަރުގެ މަގާމަށް ހަސަން ކަލާމް
ބޭންކް އޮފް މޯލްޑިވްސްގެ އިސްލާމިކް ބޭންކިންގް ޑައިރެކްޓަރުގެ މަގާމަށް ހަސަން ކަލާމް ހަމަޖައްސައިފިއެވެ. ކަލާމް އަކީ ފައިނޭންޝަލް ސާވިސަސް އަދި ބޭންކިންގް އިންޑަސްޓްރީ ގައި 10 އަހަރަށް ވުރެ ދިގު މުއްދަތެއްގެ ތަޖުރިބާ ހޯއްދަވާފައިވާ ލައިސެންސްޑް ޝަރީއާ އެޑްވައިޒަރެކެވެ. ކަލާމް ބީއެމްއެލްއާ ގުޅިވަޑައިގަތީ 2013 ވަނަ އަހަރު އެވެ. އެއަށްފަހު އިސްލާމިކް ބޭންކިންގް ހިދުމަތްތައް އިތުރު ހަރުފަތަކަށް ގެންދިއުމަށް ކަލާމް ވަނީ މުހިންމު ދައުރެއް އަދާކުރައްވާފައިވާ ކަމަށް ބީއެމްއެލް އިން ބުނެއެވެ. މި މަގާމަށް އައްޔަން ކުރެއްވުމުގެ…