ނ.އަތޮޅު ހޮސްޕިޓަލްގެ އައިސީޔޫގެ ޚިދުމަތް ފަށައިފި
ނ. އަތޮޅު ހޮސްޕިޓަލުގައި އިންޓެންސިވް ކެއަރ ޔުނިޓް، އައިސީޔޫ ޚިދުމަތް ރަސްމީކޮށް އިފުތިތާހުކޮށްފިއެވެ. ނ. އަތޮޅު ހޮސްޕިޓަލުގައި ގާއިމްކޮށްފައިވާ އިންޓެންސިވް ކެއަރ ޔުނިޓް، އައިސީޔޫ ހުޅުވައި، ރަސްމީކޮށް އެ ޚިދުމަތް އިފުތިތާހުކޮށްދެއްވީ ސިއްޙީ ވަޒީރު ޢަބްދުﷲ ނާޡިމް އިބްރާހީމް ނ.އަތޮޅުގެ މީހުން ދިރިއުޅޭ ރަށްތަކަށް ކުރައްވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން، މަނަދޫއަށް ކުރެއްވި ޒިޔާރާތުގައެވެ. ނ. މަނަދޫގައި ހުންނަ އަތޮޅު ހޮސްޕިޓަލުގައި އައިސީޔޫ ޔުނިޓު ހުޅުވުމަށް އެރަށުގައި ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ. މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި،…









