ގާސިމްގެ ބަޔޯގްރަފީ ފޮތް ނެރެފި
ދިވެހި ރައްޔިތުންނަށް އެކި ރޮނގުތަކުން ގިނަ އެހީތެރިކަމެއް ފޯރުކޮށްދެއްވާފައިވާ، ވިލާ ގްރޫޕްގެ ބާނީ ގާސިމް އިބްރާހީމްގެ ހަޔާތުގެ މައްޗަށް ލިޔެފައިވާ ބަޔޯގްރަފީ ފޮތް މިރޭ ނެރެފިއެވެ. ވިލާ ކޮލެޖުގައި މިރޭ ބޭއްވި ރަސްމިއްޔާތެއްގައި މި ފޮތް ނެރެދެއްވީ އެ ރަސްމިއްޔާތުގެ ޝަރަފުވެރި މެހުމާނު ކަމަށްވާ ނިޝާން އިއްޒުއްދީންގެ އިއްޒަތުގެ ވެރިޔާ އިލްޔާސް އިބްރާހިމެވެ. މި ރަސްމިއްޔާތުގައި ކުރީގެ ރައީސް އިބްރާޙީމް މުހައްމަދު ސާލިހާއި، ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމާއި، ދައުލަތުގެ ބައެއް ޚިދުމަތްތެރިންނާއި، މި ސަރުކާރާއި…









