"އިމަރޖެންސީ މެޑިސިން ޑޭ 2024″ ގެ ޙަފްލާ ނައިބު ރައީސް ޝަރަފުވެރިކޮށްދެއްވައިފި
"އިމަރޖެންސީ މެޑިސިން ޑޭ 2024″ ގެ މުނާސަބަތުގައި ބޭއްވި ޙަފްލާ ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ޝަރަފުވެރިކޮށްދެއްވައިފިއެވެ. މި ރަސްމިއްޔާތު ކުރިއަށް ދިޔައީ މިއަދު ހެނދުނު ދަރުމަވަންތަ ހޮސްޕިޓަލްގައެވެ. މިއަދުގެ ރަސްމިއްޔާތުގައި ދިވެހިރާއްޖޭގައި"އިމަރޖެންސީ މެޑިސިން" ކުރިއެރުވުމާ ގުޅޭ ގޮތުން ތައްޔާރުކޮށްފައިވާ ވިޑިއޯ ޕްރެޒެންޓޭޝަނެއް ދެއްކުން އޮތެވެ. އަދި ކާޑިއޯޕަލްމޮނަރީ ރިސަސިޓޭޝަން (ސީ.ޕީ.އާރު) ފަރުވާދިނުން ދައްކާލުމާއި، ސީ.ޕީ.އާރު ފަރިތަކުރުމަށް 30 މިނިޓުގެ ހަރަކާތެއްވެސް ކުރިއަށް ގެންގޮސްފައިވެއެވެ. މީގެ އިތުރުން ސީ.ޕީ.އާރު ޓްރެއިނިންގ ފުރިހަމަކުރެއްވި ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާގެ…