ފައްޔާޒް ދެއްކެވި ވާހަކަތައް ތަހުގީގުކޮށް ފިޔަވަޅު އަޅަން ޕީއެންސީން ގޮވާލައިފި
ރައީސް ޑރ މުހައްމަދު މުއިއްޒަށް، ރާއްޖޭގެ ފުރަތަމަ ރައީސް އަމީން ދީދީއަށް ހެދިގޮތް ހަދަން ޖެހޭ ކަމަށް ބުނެ އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ދެއްކެވި ވާހަކަތައް ކުށްވެރިކޮށް އެ މައްސަލަ ތަހުގީކުރަން ވެރިކަން ކުރާ ޕީއެންސީން ގޮވާލައިފި އެވެ. މުހައްމަދު އަމީންއަށް ހެދިގޮތް ރައީސް މުއިއްޒުއަށް ހަދަން އެންމެ ފުރަތަމަ ގޮވާލީ އެމްޑީޕީން ކުޅުދުއްފުށި ސިޓީގައި ބޭއްވި ޖަލްސާއެއްގަ އެވެ. އަދި އިއްޔެ އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފައްޔާޒްވެސް ވެސް ވަނީ އެ ވާހަކަ…