18 އަހަރުން މަތީގެ 50 އިންސައްތަ މީހުން ވެކްސިން ފުރިހަމަކޮށްފި
ރާއްޖޭގެ އާބާދީގެ 18 އަހަރުން މަތީގެ 50 އިންސައްތަ މީހުން ވެކްސިން ފުރިހަމަކޮށްފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީން ހާމަކޮށްފިއެވެ. އެޗްޕީއޭއިން ބުނީ 319،378 މީހުން ވަނީ އިއްޔެ އާއި ހަމައަށް ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައި ކަމަށެވެ. މިހާތަނަށް ރާއްޖެއިން 242،370 މީހުން ވަނީ ކޮވިޑް ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައެވެ. މިއީ ރާއްޖޭގެ ވެކްސިންޖެހޭ އާބާދިގެ 50 އިންސައްތަ ކަމަށް އެޗްޕީއޭއިން ހާމަކުރެއެވެ. ރާއްޖޭގައި ޖަހަމުން އަންނަނީ ތިން ވައްތަރެއްގެ ވެކްސިންއެވެ. އެއީ ކޮވިޝީލްޑް…