ނުވަހާސް ލީޓަރުގެ ބަނގުރާ ކަސްޓަމްސް އިން ނައްތާލައިފި
ނުވަހާސް ލީޓަރުގެ ބަނގުރާ މޯލްޑިވްސް ކަސްޓަމްސް ސަރވިސް އިން ނައްތާލައިފިއެވެ. ކަސްޓަމްސްއިން މިތަކެތި ނައްތާލައިފައިވަނީ 10 އޮގަސްޓްވީ އަންގާރަ ދުވަހު ކ ތިލަފުށީ ކުނި ނައްތާލައި ސަރަހައްދުގައި ކަސްޓަމްސްގެ އޮފިސަރުންގެ ހާޒިރުގައި ކަމަށެވެ. މިތަކެއްޗަކީ ކަސްޓަމްސްގެ އާއްމު ގަވައިދުގެ 269 މާއްދާގެ ދަށުން ބޮންޑެޑް ވެއަރ ހައުސްގައި ހުންނަ މުދާ ހަލާކުވުމުން ނުވަތަ މުއްދަތު ހަމަވުމުން ނުވަތަ މިނޫންވެސް ސަބަބަކާއި ހުރެ ނައްތާލުމުގައި ކަސްޓަމްސްއިން އަމަލުކުރާ އުސޫލުގެ ދަށުން ނައްތާލެވުނު ތަކެތި ކަމަށް ކަސްޓަމްސްއިން ހާމަކުރެއެވެ. އެކި…









