ބޯހިޔާވަހިކަން ލިބިފައިވާ ފަރާތްތައް ދަފުތަރުން އުނިކުރުމަށް ކައުންސިލުން ނިންމައިފި
ދަފުތަރުގައި ޖެހިފައިވާ ފަރާތްތަކުގެތެރެއިން ގެދޮރުވެރިކުރުމުގެ މަޝްރޫއުތަކުން ބޯހިޔާވަހިކަން ލިބިފައިވާ ފަރާތްތައް ދަފުތަރުން އުނިކުރުމަށް މާލޭ ސިޓީ ކައުންސިލުން ނިންމައިފިއެވެ. މިމަހުގެ 7 ވަނަ ދުވަހު ބޭއްވުނު، މާލޭ ސިޓީ ކައުންސިލްގެ 4 ވަނަ ދައުރުގެ 10 ވަނަ ރަސްމީ އާއްމު ޖަލްސާގައި މިގޮތަށް ނިންމާފައިވަނީ 16 މެމްބަރުންގެ އަގުލަބިއްޔަތުން ކަމަށް އެ ކައުންސިލުން ހާމަކުރެއެވެ. މި ނިމްމުގައިވަނީ މިގޮތަށް އުނިކުރުމައްޓަކައިކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރިއަށް ގެންދިއުމަށެވެ. އެހެންކަމުން ދަފުތަރުގައި ޖެހިފައިވާ ފަރާތްތަކުގެތެރެއިން ބޯހިޔާވަހިކަން ލިބުނު ފަރާތްތައް ދެނެގަނެ…