ރާއްޖޭގެ ވެކްސިން ކާޑު ބަލައިގަތުމަށް އިންޑިއާ އިން އެއްބަސްވެއްޖެ
އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު، ޑރ. ސުބްރަމާނިއަމް ޖައިޝަންކަރު މިރޭ އައްޑޫ ސިޓީއަށް ވަޑައިގަތުމަށްފަހު ދިވެހި ސަރުކާރާއެކު ބޭއްވި ރަސްމީ ވާހަކަތަކަށްފަހު ދެ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. އައްޑޫގައި މިރޭ ބޭއްވި ރަސްމިއްޔާތެއްގައި ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި ޖައިޝަންކަރުގެ ހާޒިރުގައި މި ދެ އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ދާއިރާތަކުގެ ވެރިންނެވެ. އިންޑިއާ ސަރުކާރާއި ދިވެހި ސަރުކާރާ ދެމެދު މިރޭ ސޮއިކުރެވުނު އެއްބަސްވުންތަކަކީ ދެގައުމުގެ ވެކްސިނޭޝަން ސެޓްފިކެޓުތައް އަނެއް ގައުމުގައި ބޭނުންކުރެވޭނެ އިންތިޒާމު ހަމަޖެއްސުމާ ބެހޭ އެއްބަސްވުމަކާއި،…