ދުންފަތް އޮޅާ ކަރުދާހާއި ތަކެތި ވެސް މަނާކޮށްފި
ދުންފަތުގެ ބާވަތެއް އުފެއްދުމަށް ބޭނުން ކުރާ އެއްވެސް އެއްޗެއް އެތެރެ ކުރުމަކީ މަނާކަމެއް ކަމަށް ހެލްތު މިނިސްޓްރީން އެކަން މޯލްޑިވްސް ކަސްޓަމްސް ސާވިސް އަށް އަންގައިފި އެވެ. މިދިޔަ މަހުގެ 24 ގައި ހެލްތު މިނިސްޓްރީން ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސް ފާތިމަތު ދިޔާނާއަށް ފޮނުވި ސިޓީއެއްގައި ބުނީ ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ގާނޫނުގެ ދަށުން ރާއްޖޭގައި އެއްވެސް ބާވަތެއްގެ ދުންފަތެއް އުފެއްދުމަކީ މަނާ ކަމެއްކަމަށެވެ. އެހެންވެ ދުންފަތުގެ އެއްވެސް ބާވަތެއް އުފެއްދުމަށް ބޭނުންކުރާ އެއްޗެއް…