ރައްޔިތުންގެ އިތުބާރު ސަރުކާރަށް ގެއްލިއްޖެ: ސޯލިހު
ރައްޔިތުންގެ އިތުބާރު ސަރުކާރަށް ގެއްލިފައިވާ ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ. އެމްޑީޕީން ރޭ ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާގައި ވާހަަކަފުޅުދައްކަވަމުން ސޯލިހު ވިދާޅުވީ ސަރުކާރެއް ރައްޔިތުން އިންތިހާބު ކުރަނީ ކުރިއަށް ވުރެ ހެޔޮ ބަދަލުތަކެއް ބޭނުންވާތީ ކަމަށާއި ނަމަވެސް މި ސަރުކާރަށް އެއް އަހަރު ވެގެންދިޔައިރު ރައްޔިތުންގެ އިތުބާރު ސަރުކާރަށް ގެއްލިފައިވާ ކަމަށެވެ. "ރައްޔިތުންގެ ތެރެއިން ދައްޗެއް އުނދަގުލެއް ދިމާ ނުވާ އެއްވެސް މީހަކު އެބަހުރިތޯ. މަސްވެރިންގެ ކަންބޮޑުވުންތައް އިންތިހާއަށް،" ސޯލިހު…