ނ އަތޮޅު ހޮސްޕިޓަލްގެ އާ އިމާރާތުގެބިންގާ އަޅައިފި
ނ. އަތޮޅު ހޮސްޕިޓަލުގެ އައު އިމާރާތުގެ ބިންގާ އަޅައިފިއެވެ. މިއިމާރާތުގެ ބިންގާ އެޅީ ރައީސުލްޖުމުހޫރިއްޔާ ނ އަތޮޅަށް ކިރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ހެލްތު މިނިސްޓަރ އަބްދުﷲ ނާޘިމް އިބްރާހިމްއެވެ. މި ރަސްމިއްޔާތުގައި ރައީސުލްޖުމުހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު ބައިވެރިވަޑައިގެންނެވިއެވެ. ނ. އަތޮޅުގައި އަޅާ މިހޮސްޕިޓަލަކީ 50 އެނދުގެ ހޮސްޕިޓަލެކެވެ. އަދި މިއީ 187 މިލިއަން ރުފިޔާ އަށް ދެ އަހަރު ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާގޮތަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާއި ހަވާލުކޮށްގެން…