އިތުރު ލައިސެންސްއެއް ނެތި ރާއްޖޭގައި ވެހިކަލް ދުއްވޭ 26 ގައުމެއްގެ ނަން އާއްމުކޮށްފި
އިތުރު ލައިސަންސެއް ހޯދުމަކާއި ނުލައި، 90 ދުވަހުގެ މުއްދަތަށް ދިވެހިރާއްޖޭގައި އެއްގަމު އުޅަނދު ދުއްވުމަށް ހުއްދަކުރެވޭ 26 ގައުމެއްގެ ނަން އާއްމުކޮށްފިއެވެ. މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަނުން ބުނީ، އެއްގަމު ދަތުރުފަތުރުގެ ޤާނޫނުއަށް ގެނެވުނު 4 ވަނަ އިސްލާހުގެ 33 ވަނަ މާއްދާގެ (ނ) މިނިސްޓްރީން ގަބޫލުކުރާ ގައުމުތަކުން ދޫކޮށްފައިވާ ސައްހަ ލައިސަންސެއް އޮތް މީހުންނަށް، އެ ލައިސަންސް އޮތްހާ ހިނދަކު، މި ޤާނޫނުގެ ދަށުން އިތުރު ލައިސަންސެއް ހޯދުމަކާ ނުލައި، (90) ނުވަދިހަ…









