ޕާކިންގ ޖާގަތަކަށް އެދުމުގެ ފުރުސަތު އޮގަސްޓް 14 ގެ ނިޔަލަށް
މާލޭ ސިޓީ ކައުންސިލުން ކުއްޔަށް ދޫކުރާ ޕާކިންގް ޖާގަތަކަށް އެދުމުގެ ފުރުސަތު އޮގަސްޓްމަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް އިތުރުކޮށްފިއެވެ. މުއަދްތު އިތުރުކޮށްފައިވާނީ ކަމާގުޅިގެން ހޯދަން ޖެހޭ ބައެއް ލިޔެކިޔުންތަސް ހޯދުމުގައި މީހުންނަށް ދަތިތަކާކުރިމަތި ވަމުންދާތީ ކަމަށް ސިޓީ ކައުންސިލުން ހާމަކުރެއެވެ. ޕާކިންގް ޖާގަދޫކުރުމަށް ހަމަޖެހިފައިވަނީ 10 ސަރަހައްދަކުން ޖުމްލަ 211 ޖާގައެވެ. އޭގެތެރޭގައި މަގުމަތީ ޕާކިންގްތަކުގެ ގޮތުގައި އަމީނީމަގާ ގުޅިފައިވާ ގޯޅިތަކުން 123 ޖާގަ ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. ޕާކިންގް ޖާގަތައް ދޫކުރުމަށް ހަމަޖެހިފައިވަނީ މއ.…