މާދަމާ އީދު ނަމާދު ކުރާނީ މާލެ ސަރަހައްދުގެ 39 މިސްކިތެއްގައި
އަޟްހާ އީދު ދުވަހާއި ދިމާކޮށް މާދަމާ އީދު ނަމާދު ކުރާނީ މާލެ ސަރަހައްދުގެ 39 މިސްކިތެއްގައި ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.
އަޟްހާ އީދު ދުވަހާއި ދިމާކޮށް މާދަމާ އީދު ނަމާދު ކުރާނީ މާލެ ސަރަހައްދުގެ 39 މިސްކިތެއްގައި ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.
ހެލްތް ޕްރޮޓެކްޝަން އެޖެންސީ އާއި ޓުއަރިޒަމް މިނިސްޓްރީން ނެރެފައިވާ އުސޫލުތަކާއި ހިލާފުވި އިތުރު ގެސްޓްހައުސްއެއްގެ ހުއްދަ ބާތިލްކޮށްފިއެވެ. މިއާއެކު ގައިޑްލައިން އާއި ހިލާފުވެގެން މާލެ ސަރަހައްދުން ހުއްދަ ބާތިލް ކުރި ގެސްޓްހައުސްގެ އަދަދު ވަނީ 4 އަކަށް އަރާފައެވެ. ގައިޑްލައިން އާއި ހިލާފުވެގެން ހޮނިހިރު ދުވަހުވެސް ޓުއަރިޒަމް މިނިސްޓްރީން ވަނީ ތިން ގެސްޓް ހައުސްއެއްގެ ހުއްދަ ބާތިލްކޮށްފައެވެ. މީގެ އިތުރުން ހޮނިހިރު ދުވަހު ވަނީ 3 ގެސްތްހައުސްއަކަށް ކަންކަން ރަނގަޅުކުރުމަށް އިންޒާރުވެސް ދީފައެވެ. އެ އޮތޯރިޓީގެ ގައިޑްލައިންގައިވާ…
ހޮނިހިރު ދުވަހު އެކަނިވެސް 2،571 މީހުން ދެވަނަ ޑޯޒް ފުރިހަމަކުރި ކަމަށް އެޗްޕީއޭއިން ހާމަކޮށްފިއެވެ. ތަފާސް ހިސާބުތައް ދައްކާގޮތުން މާލެ ސަރަހައްދުން ހޮނިހިރު ދުވަހު ވެކްސިންގެ ދެވަނަ ޑޯޒް ޖެހީ 1،571 މީހުންނެވެ. އަދި އެދުވަހު އަތޮޅުތެރެއިން ވެކްސިންގެ ދެވަނަ ޑޯޒް ޖެހީ 1،000 މީހުންނެވެ. ހޮނިހިރު ދުވަހު ފުރަތަމަ ޑޯޒް ޖަހާފައިވަނީ 294 މީހުންނެވެ. މީގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި 244 މީހުންނާއި އަތޮޅު ތެރެއިން ފުރަތަމަ ޑޯޒް…
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަނބިކަނބަލުން ފަޒުނާ އަހުމަދު ސިޔާސީ ދާއިރާއަށް ނިކުންނެވުމާއި ގުޅިގެން ސޯޝަލް މީޑިއާގައި ފާޑުކިޔުން އަމާޒުވެއްޖެ އެވެ.
ސަރުކާރު ހިންގާ މައި ޕާޓީ، އެމްޑީޕީގައި މިހާރު އުފެދިގެން އުޅޭ ދެބަސްވުމުގައި އެމްޑީޕީގެ އަންހެނުންގެ ރޫހުންވެސް ތާއީދު ކުރަނީ އެޕާޓީގެ ރައީސް މުހައްމަދު ނަޝީދުގެ ފިކުރަށް ކަމަށާއި ސަރުކާރުން އެޕާޓީގެ އަސާސްތައް ދެމެހެއްޓުމަށް ގޮވާލައިފި އެވެ.
މުޅި ރާއްޖެއިން މިއަދު ކޮވިޑަށް ޕޮޒިޓިވްވީ 63 މީހުން ކަމަށް އެޗްޕީއޭއިން ހާމަކޮށްފިއެވެ. ތަފާސް ހިސާބުތައް ދައްކާގޮތުން މިއަދު މާލެ ސަރަަހައްދުން ޕޮޒިޓިވްވީ 13 މީހުންނެވެ. މީގެ ތެރޭގައި ހިމެނެނީ އަތޮޅު ތެރެއިން ޕޮޒިޓިވްވި 28 މީހުންނާއި ރިސޯޓްތަކުން ޕޮޒިޓިވްވި 22 މީހުންނެވެ. މިވަގުތު ހޮސްޕިޓަލްތަކުގައި އެޑްމިޓް ކޮށްގެން ފަރުވާ ދެމުން ދަނީ 12 މީހުންނަށެވެ. ވޭތުވެދިޔަ ސައުވީސް ގަޑި އިރުގެ ތެރޭގައި ވަނީ 5327 ސާމްޕަލް ޓެސްޓްކޮށްފައެވެ. ރާއްޖެއިން މިހާތަނަށް 75،879 މީހުން ވަނީ މި…
މިމަހުގެ 19 އަދި 20 ވަނަ ދުވަހު މާލެ ސަރަހައްދުގެ (މާލެ، ހުޅުމާލެ އަދި ވިލިމާލޭގެ) ސާމްޕަލް ނަގާ ސެންޓަރުތައް ބަންދުވާނެ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީން ހާމަކޮށްފިއެވެ. މިމަހުގެ ނަވާރަވާ ހޯމަ ދުވަހަކީ މިއަހަރުގެ ހައްޖު ދުވަހެވެ. އަދި ވިހިވާ އަންގާރަ ދުވަހަކީ އަޟްހާ އީދު ދުވަހެވެ. އެޗްޕީއޭއިން ބުނީ މި ދެ ދުވަހުވެސް މާލެ ސަރަަހައްދުގެ ކޮވިޑް ސާމްޕަލް ނަގާ ސެންޓަރުތައް ބަންދުވާނެ ކަމަށެވެ. އަދި ކޮންޓެކްޓްވެފައިވާ ފަރާތްތަކާއި ކަރަންޓީނުގައި ތިބި ފަރާތްތަކުގެ ސާމްޕަލް…
މާލެއާއި، ހުޅުމާލޭގެ އިންޖީނުގެ ގްރޭޓާ މާލެ ގްރިޑް މެދުވެރިކޮށް ކާމިޔާބު ކަމާއެކު ސިންކްރޮނައިޒް ކުރެވިފައިވާ ކަމަށް ސްޓެލްކޯއިން ހާމަކޮށްފިއެވެ. ސްޓެލްކޯއިން ބުނީ މިހާރު މާލެއިން ހުޅުމާލެއަށް އަދި ހުޅުމާލެއިން މާލެއަށް ކަރަންޓު ފޯރުކޮށްދެވޭނެ ކަމަށެވެ. ސްޓެލްކޯއިން ބުނީ ގްރޭޓާމާލެ ގްރިޑާއިއެކު ހަކަތައިގެ ސިނާއަތުގެ މުޅިން އައު ހަރުފަތެއް ގިރާކޮށްފައި ކަމަށެވެ. މި ގްރިޑާއެކު ސްޓެލްކޯއިން ދެމުންގެންދާ ހިދުމަތުގެ ފެންވަރު އިތުރަށް ރަނގަޅުވެ، އެކަމުގެ ފައިދާތައް ރައްޔިތުންނަށް ލިބެމުންދާނެ. ކަމަށް ސްޓެލްކޯއިން ހާމަަކުރެއެވެ. ކޮވިޑްގެ ދަތި ހާލަތުގައިވެސް މަސައްކަތައް…