ޒަކާތް ނެރުމާއި ބެހުމުގައި އަމަލުކުރާނެ މިންގަނޑުތަކެއް އެކުލަވާލައިފި
ޒަކާތް ނެރުމާއި ބެހުމުގައި އަމަލުކުރާނެ ގޮތުގެ ޝަރުއީ އަސާސްތަކާއި މިންގަނޑުތަކެއް މުޅިން އަލަށް އެކުލަވާލައި އާންމުކޮށްފި އެވެ. މި މިންގަނޑު އާންމުކޮށްދެއްވީ އެކަމަށް ޓަކައި އިއްޔެ އިސްލާމީ މަރުކަޒުގެ ހޯލުގައި ބޭއްވި ރަސްމިއްޔާތުގައި، އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދެވެ. ޒަކާތް ނެރުން ލާޒިމުވާ މުދަލުގެ ބާވަތްތަކާއި އޭގެ ޝަރުއީ އަސާސްތައް ބަޔާންކުރުމަށް ޓަކައި ދިވެހިރާއްޖޭގެ ޒަކާތު ހައުސްއިން އެކުލަވާލާފައިވާ މި މި އަސާސްތަކާއި މިންގަނޑުތަކަކީ ރާއްޖޭގައި އަލަށް ތައްޔާރުކޮށް، އާންމުކުރެވުނު އަސާސްތަކާއި މިންގަނޑުތަކެކެވެ.…