ސޯލިހުގެ މައްޗަށް ތަހުގީގު ހިންގަން އަންގަން ފާސްކޮށްފި
ކުރީ ސަރުކާރުން ގެއްލުމުގެ ބަދަލުގެ ގޮތުގައި ގިނަ އަދަދެއްގެ ބަޔަކަށް ބަދަލުދިން މައްސަލާގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ މައްޗަށް ޖިނާއީ ތަހުގީގެއް ހިންގަން ލަފާދިނުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ. ބަދަލު ދިނުމަށް ކުރީ ސަރުކާރުން ހެދި އެއްބަސްވުންތަކާއި ގުޅޭގޮތުން މާލިއްޔަތު ކޮމިޓީން ދިރާސާކޮށް ތައްޔާރުކުރި ރިޕޯޓު މަޖިލީހުން ފާސްކުރީ 55 މެންބަރުންގެ ވޯޓާއެކު އެވެ. ރިޕޯޓު ފާސްކުރުމާ ދެކޮޅަށް 11 މެންބަރުން ވޯޓު ދެއްވި އެވެ. މާލިއްޔަތު ކޮމިޓީން ނިންމާފައިވަނީ ކުރީގެ…