އެޗްޑީސީގެ ބޯޑު ސަސްޕެންޑްކޮށްފި
ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާ ގުޅޭ މައްސަލައެއް ފުލުހުން ތަހުގީގު ކުރަމުން އަންނާތީ އެ ކުންފުނީގެ ބޯޑު މިއަދުން ފެށިގެން ސަސްޕެންޑްކޮށްފި އެވެ. ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ) އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެޗްޑީސީއާ ގުޅޭ ތަހުގީގެއް ފުލުހުން މިހާރު ކުރިއަށް ގެންދާތީ އެ ތަހުގީގަށް ފުރިހަމައަށް ޖާގަ ދީ، އެހީތެރިވެ ދިނުމުގެ ގޮތުން އެޗްޑީސީގެ ޗެއާމަން އަހުމަދު ނާސިފު ފިޔަވައި ބޯޑު އެއްކޮށް ސަސްޕެންޑްކޮށްފައިވާ ކަމަށެވެ. "އެ ތަހުގީގު ނިމި…