މިއަދުވެސް ކުޅުދުއްފުށިން އިތުރު 3 މީހުން ޕޮޒިޓިވްވި
މިއަދުވެސް ކުޅުދުއްފުށިން އިތުރު 3 މީހުން ޕޮޒިޓިވްވެފައިވާ ކަމަށް ރީޖަނަލް ހޮސްޕިޓަލުން ހާމަކޮށްފިއެވެ. މިއާއެކު ކުޅުދުއްފުށިން ޕޮޒިޓިވްވި ޖުމުލަ އަދަދު ވަނީ 54 އަށް އަރާފައެވެ. މިއަދު ވަނީ ޖުމުލަ 61 ސާމްޕަލް ނަގާފައެވެ. އިއްޔެވެސް ކުޅުދުއްފުށިން ވަނީ 7 މީހުން ޕޮޒިޓިވްވެފައެވެ. އެންމެ ފުރަތަމަ ޕޮޒިޓިވްވެފައިވަނީ މިމަހުގެ 24 ވަނަ ދުވަހު ކޭއާރުއެޗުގެ ފުލޫ ކްލިނިކަށް ދެއްކި 13 އަހަރުގެ ކުއްޖަކެވެ. އޭގެ ފަހުން ނެގުނު ސާމްޕަލް ތަކަކާއި ފުލޫ ކްލިނިކަށް ދެއްކި އިތުރު މީހުންތަކެއްގެ…