ހިލޭ ހައްޖަށް ފޮނުވާ މީހުން ހޮވާނީ ފަގީރުންނާއި މިސްކީނުންގެ ދަފުތަރުން
ހައްޖަށް ގެންދިއުމަށް ޓަކައި އެ އަހަރަކަށް ކަނޑައެޅިފައިވާ އުމުރުފުރާއަށް ފެތޭ ފަރާތްތައް ނަގާނީ ފަޤީރުންނާއި މިސްކީނުންގެ ދަފުތަރުން ކަމަށް އުސޫލުގައި ބުނެފި އެވެ. ދައުލަތުގެ ބެލުމުގެ ދަށުން ހިލޭ ހައްޖަށް ގެންދިއުމުގެ އިންތިޒާމުތައް ހަމަޖެއްސުމުގައި އަމަލުކުރާނެ އުސޫލުތަކާއި ހަމަތަކާއި މިންގަނޑުތައް ބަޔާންކުރާ އުސޫލު އިސްލާމިކް މިނިސްޓްރީން އާންމު ކުރި އުސޫލުގައި ބުނެފައިވަނީ ހައްޖަށް ގެންދާ މީހުން ހޮވުމުގެ ކަންތައްތައް ކުރިޔަށްގެންދާނީ ވުޒާރާގެ ހައްޖު އެންޑް އުމްރާ ކަންކަމުގައި ލަފާދޭ ކޮމިޓީގެ ބެލުމުގެ ދަށުން ކަމަށެވެ. މި އުސޫލުގެ…