ސަރުކާރުގެ ހަމައެކަނި އަމާޒަކީ ރައީސް ޔާމީން ފްރޭމްކޮށް ނުހައްގުން އަދަބުދިނުން: ޖަމީލް
ސަރުކާރުގެ ހަމައެކަނި އަމާޒަކީ ރައީސް ޔާމީން ފްރޭމްކޮށް ނުހައްގުން އަދަބުދިނުން ކަމަށް ކުރީގެ ނައިބު ރައީސް ޑރ މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ. ޑރ ޖަމީލް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އިންސާފުގެ ބެރުޖަހަމުން ވެރިކަމަށް ވަޑައިގަތް ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ ހަމައެކަނި އަމާޒަކީ އިދިކޮޅު ލީޑަރ ފްރޭމްކޮށް ނުޙައްގުން އަދަބުދިނުން ކަމަށެވެ. ޖަމީލް ވަނީ މި ސަރުކާރަށް ކޮރަޕްޝަންގެ މައްސަލަތައް ބެލުމުންދާ ކަމާމެދު ސުވާލު އުފައްދަވާފައެވެ. އަދި ވެންޓިލޭޓަރ އާއި މަޙްލޫފްގެ މައްސަލަ އަށް ރައީސް…