އިންޑިއާއިން ސެނަހިޔާއަށް މެޑިކަލް ސާމާނު ހަދިޔާކޮށްފި
އިންޑިއާ ސަރުކާރުން ސެނަހިޔާ ހޮސްޕިޓަލަށް މެޑިކަލް ސާމާނު ހަދިޔާކޮށްފިއެވެ. ސެނަހިޔާ ހޮސްޕިޓަލަށް އިންޑިއާ ސަރުކާރުން މެޑިކަލް ސާމާނު ހަދިޔާކޮށްފައިވަނީ އެ ޤައުމުގެ ޑިފެންސް ސެކްރެޓަރީ ގިރިދަރް އަރަމާނޭ ރާއްޖެއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ. މިތަކެއްޗާ ހަވާލުވެވަޑައިގަތީ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީއެވެ. އެ ޤައުމުން ހަދިޔާކުރި ތަކެތީގެ ތެރޭގައި އެކްސްރޭ މެޝިނާއި އީސީޖީ ހަދާ މެޝިނަކާއި އީއީޖީ ހަދާ މެޝިނަކާއި އަލްޓްރާ ސައުންޑް މެޝިނެއް ހިމެނެއެވެ. ރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަނުން ބުނެފައިވާ…