ކާގޯ ބޯޓަކުން ކަނޑަށް ވެއްޓުނު މީހާގެ ހަށިގަނޑު 2 ދުވަސް ފަހުން ހޯދައިފި
އިންޑިއާގެ ކާގޯ ބޯޓު "އެމްއެސްވީ ޑައުލާ"އިން ކަނޑަށް ވެއްޓި ހޯދަމުންދިޔަ މީހާގެ ހަށިގަނޑު ދެ ދުވަސް ފަހުން މިއަދު ހޯދައިފިއެވެ. އެމްއެންޑީއެފުން މިރޭ ބުނީ އެ މީހާގެ ހަށިގަނޑު ހޯދީ، ކ. ފޭދޫފިނޮޅުގެ ދެކުނުން ކަމަށެވެ. އަދި މިހާރު އެ މީހާގެ ހަށިގަނޑު ފުލުުހަށް ހަވާލުކޮށްފައިވާކަމަށް ބުންޏެވެ. ވިލިމާލެއާ ދިމާލު ބޭރުގައި އޮތް އިންޑިއާގެ އެ ބޯޓުން އެގައުމުގެ ރައްޔިތަކު ގެއްލިގެން އުޅޭކަމުގެ މައުލޫމާތު ލިބުނީ މިދިޔަ ހޯމަ ދުވަހުގެ ރޭ 11:35 ހާއިރެވެ. އެ މީހާ…









