ވިހިވަނަ މަޖިލީހުގެ މެމްބަރުން ހުވާކޮށްފި
ވިހިވަނަ މަޖިލީހަށް ހޮވުނު މެމްބަރުން ކުރިއަށް އޮތް ފަސް އަހަރަށް މަޖިލިސް މެމްބަރުކަމުގެ ހުވާކުރައްވައިފި އެވެ. މިއަދު ހެނދުނު ރައްޔިތުންގެ މަޖިލީހުގައި ބޭއްވި ރަސްމިއްޔާތުގައި މެންބަރުންނަށް ހުވާލައިދެއްވީ އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާން އެވެ. މިއަދު ހުވާކުރި 20 ވަނަ މަޖިލީހުގައި 93 މެންބަރުން ތިއްބަވާނެ އެވެ. އޭގެ ތެރެއިން ސަރުކާރު ހިންގާ ޕްރޮގްރެސިވް ކޮންގްރެސް ޕާޓީ (ޕީއެންސީ)ގެ 75 މެންބަރުން ތިއްބަވާނެ އެވެ. އެއީ ސުޕަ މެޖޯރިޓީ އެވެ. އެއާއެކު ގާނޫނުއަސާސީއަށް ބަދަލު ގެނައުމުގެ ބާރު ސަރުކާރު…









