41 ގަޑިއިރު ތެރޭ ބިދޭސީން ހިންގާ، 29 ވިޔަފާރިއެއްގެ ރިޕޯޓު ކޮށްފި: ސައީދު
ބިދޭސީން ޤަވާއިދާ ޚިލާފަށް ހިންގާ ވިޔަފާރިތައް ރިޕޯޓުކުރަން ހުޅުވާލިތާ 41 ގަޑިއިރުގެ ތެރޭގައި މިހާތަނަށް 29 ވިޔަފާރިއެއްގެ ރިޕޯޓު ލިބިފައިވާކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާއި ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ. ބިދޭސީންނަށް ރާއްޖޭގައި ވިޔަފާރި ކުރުން މަނާ ދާއިރާއެއްގައި ހަރަކާތްތެރިވާކަން ފާހަގަކުރެވޭނަމަ އެކަމުގެ މަޢުލޫމާތު ހިއްސާކުރުމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާއި ބެހޭ ވުޒާރާއިން ހުޅުވާލީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާއި ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވީ، ރާއްޖޭގައި ބިދޭސީން ޤަވާޢިދާ ޚިލާފަށް…









