2023ގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓަކަށް ވާނީ އަޅުގަނޑު: ނަޝީދު
2023 ގައި ރިޔާސީ އިންތިހާބެއް އޮންނަ ނަމަ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓަކަށް ވާނީ އޭނާ ކަމަށް ދެކޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. މަޖިލީހުގެ ރައީސްއަށް އާންމުންނަށް ސުވާލު ކުރަން ހުޅުވާލައިގެން ކުރިއަށް ގެންދާ "އާސްކް ސްޕީކާސް" ޕްރޮގްރާމްގައި 2023 ގެ ރިޔާސީ އިންތިޚާބާ ގުޅޭ ގޮތުން އާންމުންގެ މީހަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ނަޝީދު ވިދާޅުވީ އެމްޑީޕީގެ ކެންޑިޑޭޓް ކަނޑައަޅާނީ ޕްރައިމަރީއަކުން ކަމަށާ އެ ޕްރައިމަރީގައި ވާދަކުރެއްވުމުގެ ވިސްނުންފުޅު ހުންނެވި…