ފައްޔާޒުގެ ކެމްޕއިން ޓުވީޓް ރައީސް އޮފީހުގެ ޓުވިޓަރ އެކައުންޓުން ރިޓުވީޓު ކުރެވުނީ އޮޅިގެން: ރައީސް އޮފީސް
އެމްޑީޕީގެ ޗެއާޕާސަން ކަމަށް ވާދަކުރައްވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް، އޭނާގެ ކެމްޕެއިނާ ގުޅޭގޮތުން ކުރެއްވި ޓްވީޓެއް ރައީސް އޮފީހުގެ އޮފިޝަލް ޓްވިޓާ އެކައުންޓުން ރިޓްވީޓް ކުރެވުނީ އޮޅުމެއްގެ ތެރެއިން ކަމަށް އެ އޮފީހުން ބުނެފިއެވެ. ރައީސް އޮފީހުން އޮޅިގެން ރިޓްވީޓް ކުރެވުނު ކަމަށް ބުނާ ޓްވީޓަކީ ފައްޔާޒް މ.އަތޮޅަށް ރަށާއި ފ.އަތޮޅަށް ކުރެއްވި ކެމްޕޭން ދަތުރު ނިންމާލެއްވުމަށް ފަހުގައި ކުރެއްވި ޓްވީޓެކެވެ. ފައްޔާޒްގެ ޓުވީޓްގައި ވިދާޅުވެފައި ވަނީ މުލަކު އަދި ނިލަންދެ އަތޮޅަށް ކުރެއްވި ކެމްޕޭން…