މަސްތުވާތަކެތީގެ މައްސަލައެއްގައި ހުޅުމާލެއިން މީހަކު ހައްޔަރުކޮށްފި
މަސްތުވާތަކެތީގެ މައްސަލައެއްގައި ހުޅުމާލޭ ފޭސް 1 އިން މީހަކު ހައްޔަރުކޮށްފިއެވެ. މި މައްސަލަ އާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ކ. ކާށިދޫ / ސްނޯވައިޓް، އަޙްމަދު ވަސްމީ (26އ) އެވެ. ފުލުހުން ބުނީ އޭނާ ހައްޔަރުކޮށްފައިވަނީ ޖޫން 30 ވަނަ ދުވަހު ހުޅުމާލޭ ފޭސް 1 ގެ ފުލުހުން ރަށުތެރެ ޕެޓްރޯލު ކުރަމުން ދިޔައިރު އޭނާގެ އަމަލުތައް ހުރިގޮތުން ހުއްޓުވައި ބަލައިފާސްކޮށްފައި ކަމަށެވެ. މިގޮތުން އޭނާ ގާތު ފުލުހުން މަޑުކުރަން ބުނުމުން އޭނާގެ އަތުގައި އޮތް އެއްޗެއް ބިންމައްޗަށް…









