ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިހުތިޖާޖުތައް ކުރުމަށް އިދިކޮޅުން ތައްޔާރުވަނީ
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިހުތިޖާޖުތައް ކުރުމަށް ތައްޔާރުވަމުންދާ ކަމަށް އިދިކޮޅު ކޯލިޝަންގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު އާއި ބައްދަލު ކުރެއްވުމަށް އިދިކޮޅު ފަރާތްތަކުން މިއަދު ރައީސް އޮފީސް ސަރައްހައްދަށް ގޮސް ތިއްބަވާ މީޑިއާއަށް ދެއްވި އިންޓަރވިއުއެއްގައި ހީނާ ވިދާޅުވީ، ސަރުކާރު ޖަވާބުދާރީ ކުރުވުމަށް އިދިކޮޅު ފަރާތްތަކުން މަގުމައްޗަށް ނިކުތުމާ ގުޅޭ މަޝްވަރާތައް ކުރަމުންދާ ކަމަށެވެ. އަދި މީގެ ކުރިން މަގުމަތީގައި ކުރެއްވި އިހުތިޖާޖުތައް ހުއްޓާލަން ޖެހުނީ ކޮވިޑް މާލެ ސަރަހައްދުގައި…