ރޯދައާއި ދިމާކޮށް މަގުމައްޗަށާއި ދުވާރުމައްޗަށް ކުނި ނެރޭތީ އީޕީއޭގެ ކަންބޮޑުވުން!
ރޯދައާ ދިމާކޮށް ގޭތެރެ ސާފުކުރުމަށްފަހު ގިނަ އަދަދެއްގެ ކުނި މަގުތަކަށް ނެރެފައި ބަހައްޓަމުންދާތީ އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)އިން ކަންބޮޑުވުން ފާޅުކޮށްފިއެވެ. އެ އިދާރާއިން އާދީއްތަ ދުވަހު ނެރުނު ބަޔާނެއްގައި ބުނީ އެހެން އަހަރުތަކެކޭ އެއްފަދައިން މި އަހަރުގެ ރޯދަ މަހަށް ތައްޔާރުވުމުގެ ގޮތުން ގޭތެރެ އާއި އާންމުކޮށް މީހުން ބޭނުންކުރާ ތަންތަން ސާފުކުރުމުގެ ތެރޭގައި ގިނަ އަދަދެއްގެ ކުނި އުފެދިގެންދާކަމާއި، އެގޮތުން އުފެދޭ ކުނި މަގުމައްޗަށާއި ދުވާރުމައްޗަށް ނެރެ ބަހައްޓަމުންގެންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. މިކަމަކީ މާލޭގެ…