ވީއައިއޭ ތަރައްގީ ކުރުމަށް 769 މިލިއަން ރުފިޔާގެ އެއްބަސްވުމުގައި ސޮއިކޮށްފި
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމަށް ކުވައިތު ފަންޑުން އިތުރަށް 769.2 މިލިއަން ރުފިޔާ ދިނުމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފި އެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމަށް ކުވައިތު ފަންޑުން އިތުރަށް 769.2 މިލިއަން ރުފިޔާ ދިނުމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފި އެވެ.
އިންކުއަރީ ރިޕޯޓާއި ގުޅިގެން އަޅުއްވަންޖެހޭ ފިޔަވަޅުތައް އެޅުވުމުގައި ރައީސް ސޯލިހު ފަސްޖެހިވަޑައި ނުގަންނަވާނެކަން ކަށަވަރުވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
މުޅި ރާއްޖެއިން މިއަދު ކޮވިޑް19 އަށް ޕޮޒިޓިވްވީ 78 މީހުން ކަމަސް ހެލްތް ޕްރޮޓެކްޝަން އެޖެންސީން ހާމަކޮށްފިއެވެ. އެޗްޕީއޭގެ ތަފާސް ހިސާބު ދައްކާގޮތުން މި 78 ޕޮޒިޓިވްވެފައިވަނީ ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ނެގި 6،320 ސާމްޕަލްގެ ތެރެއިންނެވެ. މިއަދު މާލެ ސަރަހައްދުން ޕޮޒިޓިވްވެފައިވަނީ 28 މީހުންނެވެ. އަތޮޅުތެރެއިން ޕޮޒިޓިވްވީ 34 މީހުންނެވެ. ރިސޯޓްތަކުން މިއަދު ޕޮޒިޓިވްވީ 16 މީހުންނެވެ. މުޅި ރާއްޖެއިން މިހާތަނަށް ކޮވިޑަށް ޕޮޒިޓިވްވީ 75،071 މީހުންނެވެ. މިވަގުތު ހޮސްޕިޓަލްތަކުގައި ފަރުވާދެމުންދަނީ 18 މީހުން…
ޗުއްޓީ ހޭދަކުރުމަށް ތަންތަނަށް ދަތުރުކުރުމުގައާއި އީދުގެ ހަރަކާތްތައް ކުރިއަށް ގެންދިއުމުގައި ހާއްސަ ސަމާލުކަމެއް ދިނުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީން އިލްތިމާސްކޮށްފިއެވެ. އެޗްޕީއޭއިން ނެރެފައިވާ ދެންނެވުމެއްގައި ބުނެފައިވަނީ އެންމެންގެ ރައްކާތެރިކަމަށްޓަކައި ގިނަ ފިޔަވަޅުތައް އެޅުމަށް އިލްތިމާސްކޮށްފައެވެ. ވައިގެ މަގުންނާއި ކަނޑު މަގުން ދަތުރުކުރާއިރު، ރަނގަޅަށް މާސްކް އަޅާ، ތިމާއާއި އެއްކޮށް ދިރިއުޅޭ މީހުން ފިޔަވައި އެހެންމީހުންނާ މަދުވެގެން 3 ފޫޓުގެ ގައިދުރުމިން ބެހެއްޓުން. މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައިވެސް އާއްމު ތަންތަނުގައި އުޅޭއިރު އަދި އެކި ޚިދުމަތްތައް ހޯދަން ދިއުމުގައި…
މި އަހަރުގެ މިހާތަނަށް ޑެންގީ، އަރިދަފުސް ރޯގާ އަދި ބޭރަށް ހިންގުން ރިޕޯޓުކުރުން މަދުވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ހާމަކޮށްފިއެވެ. އެޗްޕީއޭގެ ތަފާސް ހިސާބުތައް ދައްކާގޮތުން، މެއި މަހު ރިޕޯޓުކޮށްފައި ވަނީ ޑެންގީގެ އެންމެ 12 ކޭހެވެ. އަދި ނިމިދިޔަ ޖޫން މަހު އެ އަދަދު ވަނީ ހަތަކަށް ދަށްވެފައެވެ. ހެލްތް ޕްރޮޓެކްޝަން އެޖެންސީން ބުނެފައިވަނީ، ނިމިގެންދިޔަ އަހަރުތަކާއި އަޅާބަލާއިރު މި އަހަރުގެ ފުރަތަމަ ހަމަސް ނިމުނުއިރު ޑެންގީ ޖެހިގެން ރިޕޯޓުކޮށްފައިވާ އަދަދު ވަނީ…
ހޮސްޕިޓަލަށް ދެއްކި އިރުވެސް ވަނީ ބަނޑަށް ނިޔާވެފައި ކަމަށާއި ބޯ ވަކިވީ ވިއްސުމުގެ ތެރޭގައި ކަމަށް އައިޖީއެމް ހޮސްޕިޓަލުން ބުނެފިއެވެ. އެހޮސްޕިޓަލުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މިހެން ދިމާވެފައިވަނީ މައިމީހާގެ ސިއްހީ މައްސަލަތަކެއް ހުރުމުންނާއި ދަރިފުޅު ބަނޑަށް ނިޔާވެފައިވާތާ ގިނައިރުތަކެއް ވެފައިވާތީ ކަމަށެވެ. ބަލިމީޙުންގެ ސިއްހީ މައުލޫމާތު ހޮސްޕިޓަލުގެ ފަރާތުން ހާމަކުރުމަކީ ގާނޫނީ ކުށަކަށް ވުމުގެ އިތުރުން މިމައްސަލައާ ބެހޭ މައުލޫމާތު މި ބަޔާނުގައި ހިމަނާފައިވާ މިންވަރަށް ފިޔަވައި އިތުރަށް ހާމަނުކުރުމަށް އާއިލާގެ ފަރާތުން ހޮސްޕިޓަލުގައި ވަނީ…
ދަފުތަރުގައި ޖެހިފައިވާ ފަރާތްތަކުގެތެރެއިން ގެދޮރުވެރިކުރުމުގެ މަޝްރޫއުތަކުން ބޯހިޔާވަހިކަން ލިބިފައިވާ ފަރާތްތައް ދަފުތަރުން އުނިކުރުމަށް މާލޭ ސިޓީ ކައުންސިލުން ނިންމައިފިއެވެ. މިމަހުގެ 7 ވަނަ ދުވަހު ބޭއްވުނު، މާލޭ ސިޓީ ކައުންސިލްގެ 4 ވަނަ ދައުރުގެ 10 ވަނަ ރަސްމީ އާއްމު ޖަލްސާގައި މިގޮތަށް ނިންމާފައިވަނީ 16 މެމްބަރުންގެ އަގުލަބިއްޔަތުން ކަމަށް އެ ކައުންސިލުން ހާމަކުރެއެވެ. މި ނިމްމުގައިވަނީ މިގޮތަށް އުނިކުރުމައްޓަކައިކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރިއަށް ގެންދިއުމަށެވެ. އެހެންކަމުން ދަފުތަރުގައި ޖެހިފައިވާ ފަރާތްތަކުގެތެރެއިން ބޯހިޔާވަހިކަން ލިބުނު ފަރާތްތައް ދެނެގަނެ…
އެކިއެކި ލިޔުންތަކުގައި ރެވެނިޔު ސްޓޭމްޕް ޖެހުމުގެ ގާނޫނު އުވާލުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހް މިއަދު ތަސްދީގު ކުރައްވައިފިއެވެ. މި ބިލަކީ، ޖުލައި މަހުގެ 5 ވި ހޯމަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ދެވަނަ ދައުރުގެ 18 ވަނަ ޖަލްސާގައި ފާސްކުރެއްވި ބިލެކެވެ. މި ގާނޫނަށް އަމަލުކުރަން ފަށާނީ، މި ގާނޫނު ފާސްވެ، ތަސްދީގުކޮށް، ދިވެހިސަރުކާރުގެ ގެޒެޓްގައި ޝާއިއުކުރާ ތާރީހުން ފެށިގެންނެވެ.