ފެނަކަ އެމްޑީ މުއާޒު އިސްތިއުފާ ދެއްވައިފި
ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުއާޒު މުޙައްމަދު ރަޝީދު މިއަދު އިސްތިއުފާ ދެއްވައިފި އެވެ. މަގާމުން އިސްތިއުފާ ދޭން ނިންމައި ރައީސް މުހައްމަދު މުއިއްޒަށް މުއާޒް ފޮނުއްވެވި ސިޓީގައި ވިދާޅުވީ ފެނަކައިގެ މެނޭޖިން ޑިރެކްޓަރު ކަމުގައި ހުރެގެން އޭނާއަށް ކުންފުނީގެ ހާލަތު އިތުރަށް ރަނގަޅު ކުރެވިދާނެ ކަމަށް ގަބޫލު ނުކުރެވޭތީ މެނޭޖިން ޑިރެކްޓަރު ކަމުގެ މަގާމުން އިސްތިއުފާ ދޭން ނިންމީ ކަމަށެވެ. މުއާޒު ވިދާޅުވީ ކުންފުނިތަކަކީ ލިބޭ އާމްދަނީން ހިންގަން ޖެހޭ ތަންތަން ކަމަށް ވިޔަސް ފެނަކައިގެ…