އޮޅުވާލައިގެން މީހެއްގެ އަތުން ފައިސާތަކެއް ހޯދި އަންހެނަކު ފުލުހުން ހޯދަން ފަށައިފި
ލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ތަހުގީގު ކުރަމުންދާ، މަކަރާއި ހީލަތުން މީހެއްގެ އަތުން ފައިސާ ހޯދާފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގެ ތަހުގީގަށް މީހަކު ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓް ރައްދުކުރެވިފައިނުވާތީ އާއި އާއިލާއަށްވެސް އުޅޭ ވަކިތަނެއް އެނގިފައިނުވާތީ، އަންހެނަކު ހޯދަން އިއުލާންކޮށްފިއެވެ. ފުލުހުން ބުނީ ހޯދަމުންދަނީ ސ މަރަދޫ ޒީނިޔާމަންޒިލް، އުމުރުން 22 އަހަރުގެ ހައްވާ ސައުޒާ ކަމަށެވެ. މިފަހަކަށް އައިސް ފުލުހުން ދަނީ މަކަރާ ހީލަތުން އެކި ވަސީލަތްތަކުގެ ބޭނުންކޮށްގެން…