ކަލާފާނު ސުކޫލްގެ ދެ ދަރިވަރުންގެ މެދުގައި ހިނގި ހަމަނުޖެހުން ތަހުގީގު ކުރަނީ
ކަލާފާނު ސުކޫލްގެ ދެ ދަރިވަރުންގެ މެދުގައި ހިނގި ހަމަނުޖެހުން ތަހުގީގު ކުރަން ފަށާފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ. އެމިނިސްޓްރީން ނެރުނު ނޫސްބަޔާނެއްގައި ބުނީ މިއަދި މެންދުރު 2:30 އެހާކަން ހާއިރު ކަލާފާނު ސުކޫލްގެ ދެ ދަރިވަރުންގެ މެދުގަިއ ހިނގި ހާދިސާއެއްގައި ދަރިވަރެއްގެ ބޮލަށް ވަނީ އަނިޔާވެފައި ކަމަށެވެ. މި ހާދިސާ ހިނގުމާއެކު އަނިޔާވި ދަރިވަރު އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސް ވަނީ ފަރުވާދޭން ފަށާފައި ކަމަށްވެސް އެޑިއުކޭޝަނުން ހާމަކުރެއެވެ. އަދި އެ ދަރިވަރަށް މިހާރުވެސް އޭޑީކޭ ހޮސްޕިޓަލުގައި…