ފެމިލީ ކޯޓުގެ އިސް ގާޒީކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
ފެމިލީ ކޯޓުގެ އިސް ގާޒީ ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މި މަގާމަކީ ފެމިލީ ކޯޓަށް އައްޔަންކޮށްފައިވާ، އެކޯޓުގައި މަސައްކަތް ކުރަމުންދާ ފަނޑިޔާރުންނަށް ހުޅުވާލެވިފައިވާ ފުރުސަތެކެވެ. އިސް ގާޒީގެ މުސާރައާއި އިނާއަތްތަކުގެ ގޮތުގައި މެޑިކަލް އިންޝުއަރެންސާއި ފޯނު އެލަވަންސް ރައްޔިތުން މަޖިލީހުން ކަނޑައަޅާ ގޮތުގެ މަތިން ލިބޭނެއެވެ. އަސާސީ މުސާރަ 31،000.00 ރުފިޔާ ލިބޭއިރު، ލިވިންގ އެލަވަންސް 15،000 ރުފިޔާ ލިބޭނެއެވެ. އަދި ރިސްކް އެލަވަންސްގެ 1375 ރުފިޔާ ލިބޭނެއެވެ. މި މަގާމަށް ކުރިމަތިލާ ފަރާތަކީ ފެމިލީ…