އެންއައިސީން ތަހުގީގު ކުރާ ފުލުހުންގެ މައްސަލަތަކުގެ މައުލޫމާތު ހޯދުމާއި ގުޅޭގޮތުން މަޝްވަރާކޮށްފި
އެންއައިސީން ތަހުގީގު ކުރާ މައްސަލަތަކުގައި ފުލުހުންގެ ފަރާތުން މައުލޫމާތު ހޯދުމާއި ގުޅޭ މަޝްވަރާކޮށްފިއެވެ. މި ބައްދަލުވުން ކުރިއަށް ދިޔައީ ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީން، ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަންގެ މެންބަރުންނާ ބައްދަލުކުރައްވާ ކުރެއްވި މަޝްވަރާގައެވެ. މޯލްޑިވްސް ޕޮލިސް ސަރވިސް އިން ބުނީ މި ބައްދަލުވުމުގައި، ރައްޔިތުންގެ ހައްގުތައް ހޯދައިދިނުމަށް ދެ އިދާރާ ގުޅިގެން ކުރެވޭނެ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ. އަދި ފުލުހުންނާ ގުޅޭގޮތުން، ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުން ތަހުގީގުކުރާ މައްސަލަތަކުގައި ފުލުހުންގެ ފަރާތުންނާއި ކަމާ ގުޅުންހުރި…









