ޓީޓީއަށް ޑޮލަރު ދޫކުރުން ހުއްޓާލިކަމަށް ދެކެވޭ ވާހަކަތައް ބީއެމްއެލްއިން ދޮގުކޮށްފި
ވިޔަފާރިތަކަށް ޓީޓީ ހެދުމަށް ޑޮލަރު ދޫކުރުން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ކުއްލިއަކަށް ހުއްޓާލައިފިކަމަށް ބުނެ ފަތުރަމުންދަނީ ކަނޑައެޅިގެން ދޮގު ޚަބަރެއްކަމަށާއި، އެ ޚިދުމަތް މެދުކެނޑުމެއްނެތި ކުރިއަށްދާކަމަށް އެ ބޭންކުން ހާމަކޮށްފިއެވެ. ރާއްޖެއަކީ ބޭރުން މުދާ އެތެރެކުރުމަށް ބަރޯސާވާ ގައުމަކަށް ވާއިރު، ވިޔަފާރިތަކަށް ބޭނުންވާ ޑޮލަރު ކުރިންވެސް ވިއްކަމުން އައި އުސޫލުން އަންނަނީ ދޫކުރަމުންނެވެ. ބީއެމްއެލްއިން ބުނި ގޮތުގައި، ކޮންމެ ވިޔަފާރިއަކަށްވެސް ކަނޑައެޅިފައިވާ ލިމިޓުގެ ތެރެއިން އެންމެ ބޮޑު އަދަދަކަށް ޑޮލަރު ފޯރުކޮށްދެމުންދެއެވެ. އަދި މިހާތަނަށް…









