"ލެޓްސް ކޮފީ" ކެފޭއަށް ބަޔަކު ވަދެ މުދަލަށް ގެއްލުންދީ މުވައްޒަފުންނަށް އިންޒާރު ދިން މައްސަލައެއް ބަލަނީ
މާލޭގެ ހަވީރީ ހިނގުމުގައި ހުންނަ "ލެޓްސް ކޮފީ" ކެފޭއަށް ތިން މީހަކު ވަދެގަނެ، އެތަނުގެ މުދަލަށް ގެއްލުންދީ، މުވައްޒަފުންނަށް އިންޒާރު ދިންކަން ފުލުހުންނަށް ރިޕޯޓުކުރެވި، މައްސަލަ ތަހުގީގުކުރަން ފަށައިފިއެވެ. މި ހާދިސާ ހިނގާފައިވަނީ މެންދުރުގެ ވަގުތެއްގައެވެ. އާންމުވެފައިވާ ވީޑިއޯ ފުޓޭޖުން ދައްކާގޮތުގައި، މި ތިން މީހުން ކެފޭގެ ތެރެއަށް ވަދެ، އެތަނުގެ ޑެކަރޭޝަންތަކަށް ގެއްލުންދީފައިވެއެވެ. އަދި އެވަގުތު އެތަނުގައި ތިބި، މި ހާދިސާ ވީޑިއޯކުރަމުންދިޔަ ދެ އަންހެން މުވައްޒަފަކަށް އިންޒާރުދީ، އެ ވީޑިއޯ ޑިލީޓްކުރުމަށް އަމުރުކޮށްފައިވެއެވެ. މި…