ބީއެމްއެލް ކޮމިއުނިޓީ ފަންޑުގެ އެހީއާއެކު ހއ. މޮޅަދޫގައި އީކޯ ޕާކެއް ހަދައިފި
ބީއެމްއެލް ކޮމިއުނިޓީ ފަންޑުގެ އެހީއާއެކު ހއ. މޮޅަދޫގައި އީކޯ ޕާކެއް ހަދައިފިއެވެ. މިއީ ރަށުގެ ކުޅީގެ ޤުދުރަތީ ރީތިކަން އާންމުންނަށް ފަސޭހައިން ބަލާލައި ހިތްހަމަޖައްސާލާނެ މާހައުލެއް ޤާއިމްކޮށްދިނުމާއެކު ކުޅީގެ ޤުދުރަތީ ރީތިކަން އަންނަންއޮތް ޖީލުތަކާ ހަމަޔަށް ދަމަހައްޓާ އެތަނުގެ މައުލޫމާތު ޒިޔާރަތްކުރާ މީހުންނާއި ހާއްސާކޮށް ރަށުގައި ފަތުރުވެރިކަން ފުޅާކުރުމުގެ މަގްސަދުގައި ހިންގުނު ޕްރޮޖެކްޓެކެވެ. މި ޕްރޮޖެކްޓްގެ ދަށުން އެ ކުޅީގައި ވިއުވިންގ ޕްލެޓްފޯރމެއް ވަނީ ތަރައްގީކޮށްފައެވެ. އަދި ކުޅި ހިމެނޭ ސަރަޙައްދުގައި ބެންޗުބަހައްޓައި، ޖޯލިފަތި، އުނދޯލި އަދި…









