ނަޝީދު ގާނާއަށް ދިރިއުޅުން ބަދަލު ކުރައްވައިފި
ސިޔާސީ މަސްރަހުން ވަގުތީގޮތުން ދުރަށް ޖެހިވަޑައިގެންފައިވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު ގާނާއަށް ދިރިއުޅުން ބަދަލު ކުރައްވައިފިއެވެ. ނަޝީދު ކުރެއްވި އެކްސް ޕޯސްޓެއްގައި ވިދާޅުވީ ގާނާގެ ވެރިކަންކުރާ ރަށް އާކްރާއަށް ވަޑައިގެންފި ކަމަށާއި، ކުރިޔަށް އޮތް އަހަރުތަކުގައި ދިރިއުޅުއްވާނީ އެ ސިޓީގައި ކަމުގައެވެ. އަދި ނަޝީދު ވިދާޅުވީ އެ ގައުމަށް ދިރިއުޅުން ބަދަލު ކުރެއްވީ "ދަ ސީވީއެފް"ގެ ފުރަތަމަ ސެކެޓްރީ ޖެނެރަލްގެ ހައިސިއްޔަތުން މަގާމުގެ މަސްއޫލިއްޔާތާއި ހަވާލުވެވަޑައިގަންނަވައިގެން ކަމުގައެވެ. "ދަ ސީވިއެފް"ގެ މިދައުރުގެ ރިޔާސަތު ބަލަހައްޓަވަނީ ގާނާއިންނެވެ.…