މަޖިލިސް ރައީސް ލަންކާގެ ބޮޑުވަޒީރާ ބައްދަލުކުރައްވައިފި
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު އަސްލަމް، ސްރީލަންކާގެ ބޮޑުވަޒީރު ދިނޭޝް ގުނަވަރްދެނާއާ ބައްދަލުކުރައްވައިފިއެވެ. ލަންކާގެ ބޮޑުވަޒީރާ މަޖިލީހުގެ ރައީސް ބައްދަލުކުރެއްވީ އެމަނިިކުފާނު މިހާރު ލަންކާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ. މަޖިލީހުގެ ރައީސް ލަންކާއަށް ކުރައްވަމުންދާ ދަތުރުފުޅަކީ ސްރީލަންކާގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސްގެ ދައުވަަތަކަށް ކުރައްވަމުންދާ ދަތުރުފުޅެކެވެ. ލަންކާގެ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުރުން އެ ޤައުމުގެ ބައެއް އިސްވެރިންނާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަސްލަމް މި ދަތުރުފުޅުގައި ވަނީ ބައްދަލުކުރައްވާފައެވެ. އެގޮތުން ސްރީލަންކާގެ ބޮޑުވަޒީރު…