ބަރުލަމާނީ ޕެޓިޝަނުގެ މަގުސަދަކީ ގައުމީ މަޖިލީހަށް ވޯޓު ހޯދުން: މޫސަ
ބަރުލަމާނީ ޕެޓިޝަނުގެ މަގުސަދަކީ ގައުމީ މަޖިލީހަށް ވޯޓު ހޯދުން ކަމަށް މަޖިލީހުގެ ކުރީގެ ނައިބު ރައީސް މޫސާ މަނިކު ވިދާޅުވެއްޖެއެވެ. މޫސަ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، 30 އަހަރުގެ ވެރިކަމުގައި މަޖްލީހުގައި ވަޒީރުންނާ ކޯޓުތަކުގެ ގާޒީންނާ ކުންފުނިތަކުގެ ވެރިންވެސް ތިބެގެން، ކިޔެވުނީވެސް އެމީހުންގެ ދަރިންނަށް ކަމަށާއި މާލެއިން ގޯތި ލިބުނީވެސް އެމެމްބަރުންނަށް އަދި ސިންގަޕޫރުން ބޭސްކުރީވެސް އެމެމްބަރުން ކަމަށެވެ. އަދި ރައްޔިތުން ޖެހީ ސަލާން ކަމަށާއި އަނެއްކާވެސް ބަރުލަމާނީއޭ ކިޔާފައި އެނޒާމަށްދާންވީތޯ މޫސަ ވަނީ ސުވާލު އުފައްދަވާފައެވެ.…









