މިހާތަނަށް ކައުންސިލް އިންތިހާބަށް 1،000 އަށްވުރެ ގިނަ ފޯމު
އަންނަ އޭޕްރިލް މަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިހާބަށް ކުރިމަތިލާން މިހާތަނަށް 1000 އަށްވުރެ ގިނަ ފޯމު ހުށަހަޅާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން(އީސީ) ބުނެފި އެވެ. ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކަށް ކުރިމަތިލާން އީސީން ހުޅުވާލީ މިމަހުގެ 17 ވަނަ ދުވަހު އެވެ. މި އިންތިހާބުތަކުގައި ވާދަ ކުރަން ފޯމު ހުށަހެޅުމުގެ އެންމެ ފަހުގެ ތާރީހަކީ އަންނަ އާދިއްތަ ދުވަހުގެ 15:00 އެވެ. އިލެކްޝަންސް ކޮމިޝަނުން ބުނީ ގޮތުގައި ހުށަހެޅި ފޯމުތަކުގެ…









