ޓެރަރިޒަމާ ދެކޮޅަށް ކުރާ މަސައްކަތަށް އެހީވުމަށް ބައެއް ތަކެތި ހަދިޔާކޮށްފި
ފުލުހުން ކުރިއަށް ގެންދާ ކައުންޓާ-ޓޭރަރިޒަމްގެ މަސައްކަތްތަކަށް ޔުނައިޓެޑް ނޭޝަންސް އޮން ޑްރަގްސް އެންޑް ކްރައިމް (ޔޫއެންއޯޑީސީ) އިން ގްލޯބަލް މެރިޓައިމް ކްރައިމް ޕްރޮގްރާމުގެ ދަށުން ބައެއް ތަކެތި ހަދިޔާކޮށްފި އެވެ. ޓެރަރިޒަމާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތަށް އިތުރު އެހީތެރިކަމެއް ދިނުމުގެ ގޮތުން ޔޫއެންއޯޑީސީ އިން ފުލުހުންނަށް ހަދިޔާކުރީ ޑިޖިޓަލް ސްކްރީނާއި 16 ބޮޑީ-ވޯން ވެސްޓެވެ. ފުލުހުުން ބުނީ މިތަކެތީގެ ސަބަބުންވެސް ފުލުހުންގެ މޮނިޓަރިން މަސައްކަތްތަކުގައި ގާބިލުކަން އިތުރުކުރެވޭނެ ކަމަށެވެ. މީގެ އިތުރުން ޖަޕާނުން އިއްޔެ ވަނީ…